Saturday, October 31
ގދ. ހޯނޑެއްދޫ އާއި މަޑަވެއްޔަށް އުދަ އަރައިފި

ގދ. އަތޮޅުގެ ދެ ރަށެއް ކަމުގައިވާ ހޯނޑެއްދޫ އާއި މަޑަވެއްޔަށް މިއަދު ވަރަށް ބޮޑަށް އުދައަރައިފިއެވެ. މިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު، އާދަމް ޝަރީފް އުމަރެވެ.

ވަޒީރު އާދަމް ޝަރީފް އުމަރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ގދ. އަތޮޅުގެ ބައެއް ރަށްރަށަށް މި ދުވަސްވަރު އުދަ އަރަމުން އަންނަ ކަމަށެވެ. އަދި މިއަދު ހޯނޑެއްދޫ އާއި މަޑަވެއްޔަށް ވަރަށް ބޮޑަށް އުދައަރަމުން އަންނަ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އުދަ އަރަމުން އަންނާތީ އެރަށްތަކުގެ ކައުންސިލުން މިވަގުތަށް ކުރެވެން ހުރި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިއާއެކު، މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އިން ވަނީ މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން މެޓުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް މިރޭ 18:30 އިން ފެށިގެން 23:30 އާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.

މެޓުން ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު