Monday, November 9
ވެކްސިން މެނޭޖްކުމާއި ގުޅޭ ވޯރކްޝޮޕެއް ބާއްވައިފި

ވެކްސިން މެނޭޖްކުމާއި ގުޅޭ ވޯރކްޝޮޕެއް ބާއްވައިފިއެވެ.

ޝީ ބިލްޑިންގްގައި ބެއްވި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް އެވެ. މި ރަސްމިޔާތުގައި ޔުނިސެފް އަދި އެޗްޕިއޭގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

މި ވޯރކްޝޮޕް ކުރިއަށް ގެންދިޔައީ ވެކްސިންގެ މަސައްކަތުގައި ހަރަކާތެރިވާ އަތޮޅު އަދި އެކި ސަރަހައްދުގައި ފޯކަލް ޕޮއިންޓުންގެ ގޮތުގައި ހަރަކާތެރިވާ ފަރާތްތަކަށެވެ.

މި ވޯރކްޝޮޕްގައި ރައްކާތެރިގޮތުގައި ވެކްސިން ބެލެހެއްޓުމާއި، ރެކޯޑްތައް ބެލެހެއްޓުމާއި ،ސްޓޮކްބެލެހެއްޓުން ހިމެނެއެވެ.

އަދި ވެކްސިން އެއްތަނުން އެހެން ތަންތަނަށް ގެންދިއުމުގައި ގެންގުޅޭނެ ގޮތްވެސް ވަނީ ކިޔައިދީފައެވެ.ވެކްސިންގެ ގެ ފިނިހޫމިން ބެލެހެއްޓުމުގެ އިތުރުން އާއްމު ޞިއްހަތާއި ވެކްސިންގެ މުހިންމުކަމުގައި މުއާމަލާތްކުރާނެ ގޮތްވެސް ހިމެނެއެވެ.

މި ވޯރޕްޝޮޕަކީ ޔުނިސެފް އަދި ގްލޯބަލް އެލަޔަންސް ފޯރ ވެކްސިން އެންޑް އިމިއުނައިޒޭޝަން ގެ އެހީތެރިކަމާއި އެކުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު