Monday, November 9
އެޗްޑީސީ ގެ ޗެއާމަންގެ މަގާމަށް ޝަހީރު
ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް މ. ލާލުބާގް އަލްފާޟިލް އަޙްމަދު ޝަހީރު އައްޔާންކޮށްފިއެވެ. ޝަހީރު މީގެ ކުރިން ވަނީ އެސްޓީއޯ ގެ މެނޭޖިންގް ޑިރެކްޓަރުކަންވެސް ކުރައްވާފައެވެ.އަދި ގިނަ ދުވަސްވަންދެން އެސްޓީއޯގައި މަސައްކަތް ކުރެއްވިއެވެ. ޕީސީބީން އެކްސްގައި ކުރި އިތުރު ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ޗެއާމަންގެ މަގާމަށް މ. ލާލުބާގް، ޝަހީރު އައްޔަން ކޮށްފައިވާ ކަމަށެވެ. އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި އެންމެފަހުން ހުންނެވީ އަހުމަދު ނާސިފް (ޑީޑީ) އެވެ. މިދިޔަ މާޗު މަހު އޭނާ އެ މަގާމުން ވަކިކޮށް ވަނީ ވެމްކޯގެ ޗެއާމަނަކަށް އައްޔަންކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު