Monday, November 9
ޕޯސްޓުގެ ނަމުގައި ސްކޭމެއް، ސަމާލުވާން އެދިއްޖެ

ކަސްޓަމަރުންގެ ޕެކޭޖުތައް ޑެލިވަރީ ކުރުމަށް އެޑްރެސް ހޯދަން ކަމަށް ބުނެ ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ އެވެ.

ޕޯސްޓް އޮފީހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އައިޓަމްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް ޕޯސްޓުން އެއްވެސް ކަސްޓަމަރަކަށް މެސެޖު ނުކުރާނެ ކަމަށެވެ.

ޒާތީ އަދި މާލީ މައުލޫމާތު ރައްކާތެރިކުރުމަށް، ލިންކުތަކަށް ނުފިތުމަށް ވެސް ޕޯސްޓުން އިލްތިމާސްކުރި އެވެ.

ޕޯސްޓުގެ ނަމުގައި ފޮނުވަމުންދާ މެސެޖުގައި ވަނީ އޯޑަރު ކުރި މީހާގެ ޕެކޭޖު ޑެލިވަރީ ކުރުމަށް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަކު ނުބައި އެޑްރެހެއް ދީފައި އޮތުމުން، ޑެލިވަރީ ނުކުރެވުނު ކަމަށެވެ. އަދި މެސެޖު ލިބޭތާ ހަ ގަޑިއިރުގެ ތެރޭގައި ޑެލިވަރީ އެޑްރެސް ރަނގަޅު ކުރުމަށް އަންގައި ފޮނުވާ އެ މެސެޖުގައި ވަނީ ލިންކެއް ވެސް ހިމަނައިފަ އެވެ.

ކަސްޓަމަރުންގެ ސަމާލުކަމަށް! އައިޓަމް ގެ ޑެލިވަރީ އެޑްރެސް ހޯދުމަށް މޯލްޑިވްސް ޕޯސްޓް އިން އެއްވެސް ކަސްޓަމަރަކަށް... Posted by Maldives Post Limited on Wednesday, May 28, 2025
ދީފައިވާ ވަގުތުގެ ތެރޭގައި ޑެލިވަރީ އެޑްރެސް އަޕްޑޭޓް ނުކޮށްފި ނަމަ ފީއެއް ވެސް ނަގާނެ ކަމަށް އެ މެސެޖުގައިވެ އެވެ.

އެއީ ފޭކް މެސެޖެއް ކަމަށް ވާތީ، ހުރިހާ ކަސްޓަމަރުން ވެސް އެކަމަށް ސަމާލުވާން ޕޯސްޓުން އެދެ އެވެ.

ޕޯސްޓުގެ ނަމުގައި ސްކޭމެއް ހިންގަން ފެށި މިދަނޑިވަޅަކީ ގިނަ ބަޔަކު ބޮޑު އީދާ ދިމާކޮށް، ޓީމޫ ކަހަލަ އެކި ޕްލެޓްފޯމްތަކުން ގަނެފައިވާ ސާމާނު ރާއްޖެ އަށް ލިބުން ލަސްވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދުވަސްވަރެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު