Saturday, October 31
250 ޙައްޖާޖީންނާއެކު ދިވެހި ޙައްޖުވެރިންގެ ތިންވަނަ ފްލައިޓު ފުރައިފި

މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދާ މީހުންގެ ތިންވަނަ ގްރޫޕް މިއަދު ފުރައިފިއެވެ.

މިގޮތުން ޤައުމީ އެއާލައިން، މޯލްޑިވިއަންގައި މިއަދު 250 ޙައްޖާޖީން ވަނީ ފުރައިފައެވެ. ޙައްޖާޖީންނާއެކު ދަތުރުކުރާ ފްލައިޓު ފުރީ މިއަދު 07:12 ގައެވެ. މި ފްލައިޓު ޖިއްދާގައި ޖައްސާނީ ރާއްޖެ ގަޑިން މެންދުރު 12:55 ގައެވެ.

މިއީ މޯލްޑިވިއަން މެދުވެރިކޮށް ދިވެހި ހާޖީން ޙައްޖަށް ދާ ފުރަތަމަ ފަހަރެވެ. މިގޮތުން މިފަހަރު ޙާޖީންގެ %50 އުފުލާނީ ދިވެހި ޤައުމީ އެއާލައިނުން ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވިއިރު، ޙައްޖުގެ އަޅުކަމަށް ސަޢޫދީ ޢަރަބިއްޔާއަށް ދާ ދިވެހި ޙާޖީން މީގެ ކުރިން 8-10 ގަޑިއިރުން ބަހުގައި މައްކާއިން މަދީނާއަށް ދަތުރު ކުރަމުން އައި ނަމަވެސް، މިހާރު އެ ދަތުރު ހައިސްޕީޑް ޓްރެއިންގައި ކުރުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާތީ، މި އަހަރުން ފެށިގެން ޙައްޖުވެރިން މައްކާއިން މަދީނާއަށް ކުރާދަތުރުތައް ކުރާނީ ހައިސްޕީޑް ޓްރެއިންގައި ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ޙައްޖުގައި ޙައްޖުވެރިންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ސަރުކާރުން ވަނީ ހޯއްދަވައިދެއްވާފައެވެ. އެގޮތުން މީގެކުރިން މިނާގެ ފޭލިގެތަކުގައި ދިވެހި ޙައްޖުވެރިން ކެޓަގަރީ "ސީ"ގައި ތިބެން ޖެހުނުނަމަވެސް މިއަހަރުން ފެށިގެން ދިވެހި ޙައްޖުވެރިން ތިބޭނީ "ބީ" ކެޓަގަރީގައެވެ. އަދި ރަޖިސްްޓްރީކޮށްގެން ހިންގާ ކްލިނިކެއް މިފަހަރު ވަނީ ޙައްޖުވެރިން ތިބޭ ހޮޓެލްގައިި ޤާއިމްކޮށްފައެވެ.

މީގެ އިތުރުން އިއްޔެ ހަމަޖެހިގެން ދިޔަ މައްކާ ރުޓް އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް ވަރަށް ބޮޑެތި ލުއި ތަކެއް ފުރުމުގައި އަދި ސައުދީ އެއަޕޯޓުން ލިިބިގެންދާނެއެވެ.

މިއަހަރު ސައުދީން ރާއްޖެއަށް ދީފައިވަނީ 1000 ކޯޓާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު