Saturday, October 31
ގެޔަކަށް ވަދެ ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެޔަކަށް ވަދެ، ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހިފަހައްޓައިފިއެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއްގައިވާ ގޮތުން، މި މީހާ ވަނީ ހުއްދަ ނޫން ތަނަކަށް ވަނުމާއި ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން، މި މީހާ ހުއްދަނެތި މީހެއްގެ ގެއަކަށްވަދެ ކަރަންޓު ބޯޑަކުން ކޭބަލްތަކެއް ވަގަށްނަގަން އުޅުނު ކަމަށް ބެލެވެއެވެ. އެ ގޭގެ މީހުން އޭނާ ހުއްޓުވުމުން، އޭނާ އެ ތަނަށް ވަނީ މަސްތުވާތަކެތި ބޭނުންކުރުމަށް ކަމަށް އަމިއްލައަށް ބުނެފައިވާކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ފުލުހުން ސީނަށް އައި އިރު އޭނާ ހަނުހުރި ކަމަށާއި، އޭނާގެ އަތުން އެއްވެސް މަސްތުވާއެއްޗެއް ފެނިފައި ނުވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި އޭނާ އެތަނަށް ވަނީ ބޮލަށް އެނބުރުން އަރައިގެން ކަމަށް ބުނި ކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އެ މީހާ 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު