ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދާ ހިލާފުވުމާއި ގުޅިގެން ދެ ވަކީލަކާމެދު ރާއްޖޭގެ ބާ ކައުންސިލުން ފިޔަވަޅު އަޅައިފިއެވެ. މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ޖަލްސާއަކުންނެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 2021 ވަނަ އަހަރު އެއްބަސްވުމެއް ނޯޓަރައިޒްރައިޒްކޮށްދިނުމުގައި ވަކީލް މެހެނާޒް ހުސައިނަށް ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށް، ވަކީލު ޒުންނަވާރު ސަލީމް އެ ސިއްކައިގައި މެހެނާޒްގެ ސޮއިކޮށް އެއްބަސްވުން ނޮޓަރައިޒްކޮށްފައިވާކަމަށް ބަޔާންކޮށް، ދެ ވަކީލުންނަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ ސުލޫކީ ޝަކުވާއަކާ ގުޅިގެން މި ފިޔަވަޅު އަޅާފައިވަނީއެވެ.
ބާ ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި، މި ދެ ވަކީލުންގެ ޢަމަލަކީ ޕަބްލިކް ނޯޓަރީގެ ޚިދުމަތުގެ ސައްޙަކަމާމެދު އާންމުންގެ މެދުގައި ސުވާލު އުފެދޭނެފަދަ ޢަމަލުތަކެކެވެ. އަދި މި ޢަމަލުތަކުގެ ސަބަބުން އާންމު މުޖުތަމަޢުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެކަމަށް ބާ ކައުންސިލުން ވަނީ ބަޔާންކޮށްފައެވެ.
މައްސަލަ ބެލި ޕެނަލުން ނިންމާފައިވަނީ މި ޢަމަލުތަކަކީ ގާނޫނީ ވަކީލެއްގެ ނަޒާނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ އަދި ގާނޫނާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ. މިކަމާ ގުޅިގެން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ މެހެނާޒް ހުސައިންގެ ވަކީލުކަމުގެ ހުއްދަ 12 މަސްދުވަހަށް އަދި އަލްއުސްތާޛު ޒުންނަވާރު ސަލީމްގެ ވަކީލުކަމުގެ ހުއްދަ 15 މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް ނިންމާފައެވެ.
މި ލިޔުން ކިޔާލުމުން