Saturday, October 31
ދިވެހި 489 ހައްޖުވެރިން މައްކާއަށް ދެވިއްޖެ

މިވަގުތާ ހަމައަށް ދިވެހި 489 ހައްޖުވެރިން މައްކާއަށް ދެވިއްޖެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ހުރިހާ ދިވެހި ހައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށެވެ.

ދިވެހިރާއްޖޭގެ ހައްޖު މިޝަނުން ދަނީ ހުރިހާ ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުން ކަމަށާއި ހައްޖު ކޯޕަރޭޝަނުން ވަނީ ފުރިހަމަ އިންތިޒާމު ތަކެއް ކޮށްފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއަށް ލިބިފައި ވަނީ 1000 ކޯޓާއެވެ.

ހައްޖުވެރިންގެ އެންމެ ފަހު ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު