ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިތިއޯޕިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޓާއިޔޭ އަޓްސްކޭ ސެލާސީއާއި، ބޮޑުވަޒީރު އަބީ އަޙްމަދު ޢަލީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
އިތިއޯޕިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރަައީސުލްޖުމްހޫރިއްޔާ ވަކިވަކީން ފޮނުއްވި ސިޓީފުޅުތަކުގައި، އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިތިއޯޕިއާގެ ރައީސްއާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް، ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިތިއޯޕިއާގެ ޤައުމީ ދުވަހަކީ އެ ޤައުމުގެ އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި، ކުރިއެރުން ރަމްޒްކޮށްދޭ ދުވަހެއްކަމުގައި ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ކުރިމަގުގައިވެސް އިތިއޯޕިއާއަށް އަމާންކަމާއި، ހަމަޖެހުމާއި، ތަނަވަސްކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ އިތިއޯޕިއާގެ ރައީސްއާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެޤައުމަށާއި ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.President sends National Day greetings to the President and Prime Minister of Ethiopia https://t.co/M0Mf7vwLlu
— The President's Office (@presidencymv) May 28, 2025






