Saturday, October 31
ޙައްޖާއި ޢީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް: ހީނާ
ޙައްޖާއި ޢީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވީ މީގެ އިރޮކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ހީނާ ވިދާޅުވީ މި އަހަރުގެ ޙަައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ކަނޑައެޅުއްވުމާ ގުޅިގެން، ޙައްޖު ދުވަހާއި އަޟްޙާ ޢީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ. އެހެންކަމުން ޙައްޖު ދުވަހާއި އަޟްހާ ޢީދާ ގުޅިގެން އިތުރު ބަންދު ދުވަސްތަކެއް ނުލިބޭނެއެވެ. މިއަހަރުގެ ޙައްޖު މޫސުމަށް އެކި ގައުމުތަކުން އެއް މިލިއަނަށްވުރެ ގިނަ ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް އައިސްފައިވާކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ. ޙައްޖު މޫސުމަށް ވާންޖެހޭ ތައްޔާރީތަކާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާ މިނިސްޓަރު ސަލްމާން ބިން ޔޫސުފް އަލް ދޯސާރީ ވިދާޅުވީ އާދީއްތަ ދުވަހުގެ ނިޔަލަށް 1،070،000 ޙައްޖުވެރިން ސަޢޫދީއަށް އައިސްފައިވާ ކަމަށެވެ. ޙައްޖުގެ އަޅުކަން ޛުލްޙިއްޖާ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެއެވެ. މިއަހަރު ޙައްޖުގެ އަޅުކަން އޮންނާނީ ޖޫން މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު