Saturday, October 31
ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަން ކުރަން ޖޭއެސްސީން ނިންމައިފި

ސުޕްރީމް ކޯޓުގެ ބެންޗުގައި ހުސްވެފައިވާ ދެ މަޤާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމަށް ލަފާ އެރުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި ހުސްވެފައިވާ ދެ މަޤާމަށް ޖުމްލަ 12 ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް، އެންމެ މަތިން މާކްސް ލިބިވަޑައިގަތީ މުހައްމަދު ސަލީމާއި އަބްދުﷲ ހަމީދަށެވެ. މި ދެ ބޭފުޅުންނަކީވެސް ޖުޑީޝަރީގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ.

މުހައްމަދު ސަލީމަކީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައިވާ އަދި ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމުގައި 12 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން މި ދެ ޖާގަ ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަޤާމުން ވަކިކުރެވުމާ ގުޅިގެންނެވެ.

ޖޭއެސްސީން މި މަޤާމުތަކަށް ބޭފުޅުން ހޮވުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައި، ކުރިމަތިލެއްވި ހުރިހާ ބޭފުޅުންނާ އިންޓަވިއު ކުރިއެވެ. މި އިންޓަވިއުތަކުގެ ނަތީޖާއަށް ބަާއަށް ބަލައި، އެންމެ ޤާބިލު ދެ ބޭފުޅުންގެ ގޮތުގައި ސަލީމާއި ހަމީދު ހޮވިފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު