Saturday, October 31
މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް، އަޟްޙާ ޢީދަކީ ޖޫން ހަޔެއް!

މިއަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ މީލާދީ ސަނަތުން މާދަމާއަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ އެއް ވަނަ ދުވަސް ކަމުގައި ވާތީ، މީލާދީ ސަނަތުން ޖޫން މަހުގެ ފަސް ވަނަ ދުވަހަކީ މި އަހަރުގެ ހައްޖު (އަރަފާތު) ދުވަސް ކަމުގައި ދަންނަވާ ކަމަށެވެ. އެހެންކަމަށްވުމާއެކު މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ޖޫންމަހުގެ ހަޔެއް ވާ ހުކުރުދުވަހެވެ.

މިއަހަރުގެ ހައްޖު މޫސުމަށް އެކި ގައުމުތަކުން އެއް މިލިއަނަށްވުރެ ގިނަ ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް އައިސްފައިވާކަމަށް އެގައުމުގެ އޮފިޝަލުން އިއްޔެ ވަނީ ބުނެފައެވެ. ހައްޖު މޫސުމަށް ވާންޖެހޭ ތައްޔާރީތަކާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާ މިނިސްޓަރު ސަލްމާން ބިން ޔޫސުފް އަލް ދޯސާރީ ވިދާޅުވީ އާދީއްތަ ދުވަހުގެ ނިޔަލަށް 1،070،000 ހައްޖުވެރިން ސައުދީއަށް އައިސްފައިވާ ކަމަށެވެ.

ހައްޖުގެ އަޅުކަން ޛުލްޙިއްޖާ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެއެވެ. މިއަހަރު ހައްޖުގެ އަޅުކަން އޮންނާނީ ޖޫން މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު