Monday, November 9
ފޮތް ލިޔުމަށާއި ދިރާސާތަކަށް އެމްއެންޔޫން ގްރާންޓް ދީފި

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ( އެމްއެންޔޫ ) އިން ފޮތް ލިޔުމަށް އެހީވުމަށް ދޭ ފައިސާ އާއި ދިރާސާތައް ހެދުމަށް ދޭ ފައިސާ ހަތަރު ފަރާތަކަށް ދީފިއެވެ.

އިއްޔެ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި  "ބުކް ރައިޓިން ގްރާންޓްސް" އެކަކަށް އަދި "ރިސާޗު ގްރާންޓް" ހަތަރު މީހަކަށް ވަނީ ހަވާލުކޮށްފައެވެ.

 އެމްއެންޔޫގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި ފޮތްތެރިކަން އާލާކުރުމަށްދޭ އެހީގެ ދަށުން 43،500ރ. ލިބުނީީީ އިބްރާހިމް އާދަމް އަށެވެ. އޭނާ ލިޔާ ފޮތުގެ ނަމަކީ، ''އެސްޕީއެސްއެސްގެ އެހީގައި ޑޭޓާ ތަހުލީލުކުރުމާއި އިންޓަޕްރިޓްކުރުން؛ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް'' މިއެވެ.

ދިރާސާތައް ހެދުމަށް އެހީދޭން ފެށީ 2014ގަ އެވެ. އެއީ، އެމްއެންޔޫން ބުނި ގޮތުގައި، އެ ޔުނިވަސިޓީގައި ދިރާސާތައް ކުރުމަށް މަގުފަހިކޮށް، މުވައްޒަފުންނަކީ ދިރާސާތަކަށް އަހުލުވެރި ބަޔަކަށް އެހީތެރިވުމަށެވެ.

ދިރާސާތަކަށް މިފަހަރު އެހީ ލިބުނީ އާސިޔާ އިބްރާހިމް، ނަރުހުން ކުއްލި ހާލަތްތަކަށް އަހުލުވެރިކުމަށް މޮބައިލް އެޕެއް ހެދުމަށާއި އެ އެޕުގެ ފައިދާ ދެނެގަތުން، ބަތޫލް ޒަހޫރް ގާޒީ؛ ގާނޫނީ ކަންކަން ކިޔަވައިދިނުމާއި ކިޔެވުމުގައި އާޓިފިޝަލް އިންޓެލިޖްސް (އޭއައި) ބޭނުންކުރުމުގެ މުހިންމުކަން ދެނެގަތުން، މަރިޔަމް ހުދާ، ޓެލެނާސިންގެ ދައުރު ދެނެގަތުން މި މައުޟޫއަށެވެ.

ދިރާސާތަކަށް އެހީދެނީ، ޔުނިވަސިޓީގެ މުވައްޒަފުންނާއި މަތީ ޑިގްރީއަށް ކިޔަވާ ދަރިވަރުން ހަދަން ބޭނުންވާ ދިރާސާތަކަށް ފައިސާގެ އެހީއަށް އެދެވޭނެ އެ ހުށަހެޅުންތައް އެ ކަމަށް ހާއްސަ ކޮމިޓީއަކުން ބަލާނެއެވެ.

މިފަހަރުގެ ރިސާޗު ގްރާންޓަށް ޖުމްލަ 215،700ރ. ދޭން ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު