ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ޅ. ނައިފަރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ދެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.
މިގޮތުން އާރުޑީސީން މިއަދު ބުނީ ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރުމަށް އެ ރަށުގައި ގާއިމު ކުރެވޭ އެ ކޯޕަރޭޝަންގެ ސައިޓު ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
ޅ. ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރުމަށް އެ ރަށުގައި ގާއިމު ކުރެވޭ މި ކޯޕަރޭޝަންގެ ސައިޓު ހެދުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ.#TeamRDC pic.twitter.com/GNp7ZWaemF
— Road Development Corporation Ltd (@rdcmaldives) May 26, 2025
ނައިފަރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރުޑީސީއާ ހަވާލުކުރީ 21 އޮގަސްޓު 2023 ގައެވެ. މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރުމާއި، ދުވާރު ހެދުމާއި، މަގުތަކުގައި ނިޝާންތައް ކުރެހުމާއި، ސްޕީޑް ބްރޭކަރު ބެހެއްޓުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހުގެ 20 ވަނަ ދުވަހު އާރުޑީސީން ބުނީ ވޭސްޓް އެންޑް ރިސޯސް މެނޭޖްކުރުމުގެ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އަދި ވެހިކަލް އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން