Monday, November 9
ހުޅުމާލެ ފައިނޭންޝަލް ކެޕިޓަލް އަކަށް ހަދަން ބޭނުން: ރައީސް

އަލުން އެކުލަވާލެވުނު ހުޅުމާލޭގެ މާސްޓަރ ޕްލޭނުގެ ދަށުން، "ފައިނޭންޝަލް ކެޕިޓަލް" ގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަން މަގުފަހިވެގެންދާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން އިފްތިތާހުކުރުމަށް މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މާސްޓަރ ޕްލޭނާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އައު ވެބްސައިޓު ވެސް ވަނީ ލޯންޗުކޮށްފަ އެވެ.

މިއަދު އިފްތިތާހުކުރި މާސްޓަރ ޕްލޭނަކީ، ދުރުރާސްތާއަށް ވިސްނިގެން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވިގެންދާ ޕްލޭނެެކެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މި ޕްލޭނާ މިހާރު އެކުލަވާފައިވާގޮތަށް،  ހުޅުމާލޭ ތަރައްގީ ކުރެވިއްޖެ ނަމަ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ 3 ލައްކައެއްހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމުގެ ފުރުސަތުތަކެއް ހޯދައިދެވޭނެއެވެ.

މި ފްލޭންގެ ދަށުން މިހާރު ގޯތިތައް ހަމަޖެހިފައިވާ ފަރާތްތަކަށް ގޯތިތައް ލިބި އެތަންތަން ތަރައްގީވެގެންދާއިރު އެންމެ ހިތްހަމަޖެހޭ ފަަދަ މާހައުލެއްގައި،  ކުޑަކުދިން ގޮވައިގެން ނުކުމެ އުޅެލެވޭނެ ފަދަ މާހައުލެއްގައި އުޅެވޭނެ ގޮތް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތޮއްޖެހި ހާސްކަން ބޮޑުވެފައި އޮންނަ މާހައުލެއް އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫންކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ ފައިނޭންޝަލް ކެޕިޓަލްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަން އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަ އެވެ. މާސްޓަރ ޕްލޭންގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ ބައިނަލްއަގްވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗާއާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރުން ހިމެނޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަަގުން ހުޅުމާލެ ތަރައްގީކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.

"ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި މިތަން ތަރައްގީކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވާ ގޮތެއް. މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓް ގާއިމުވެފައިވާ ގޮތަށް އެއަށް ކޮމްޕްލިމެންޓްކުރަން ފައިނޭންޝަލް ސީޓަކީ ހުޅުމާލޭ ކަމަށް ހެދުމަކީ އަޅުގަނޑު އެންމެ ބޭނުންވާ ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި ތަރައްގީއަކީ." ރައީސް ވިދާޅުވި އެވެ.

އެޗްޑީސީން ބުނީ މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ ހުޅުމާލޭގެ ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭ، ދިރިއުޅޭ މީހުންނަށް ވިޔަފާރިތަކާއި އެހެނިހެން ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރެވެނޭ ގޮތަށް ކަމަށެވެ.

ރިވައިޒްޑް މާސްޓަރ ޕްލޭންގައި ހިމެނޭ މުހިންމު ކަންކަން:
  • ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭންގައި މިތަނުގެ ބިން އެކި ބޭނުންތަކަށް ޚާއްސަކޮށް، ޒަމާނާއި ތަރައްޤީއާއެއްކޮށް ގެންނަންޖެހޭ ބަދަލުތައް އެޗްޑީސީން ވަނީ ހިމަނާފައެވެ.އެގޮތުން މި މާސްޓަރ ޕްލޭންގައި ހުޅުމާލޭގެ ބަނދަރު ސަރަޙައްދުގެ ގޮތުގައި މިހާރު ބޭނުންކުރާ 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ސްކޫލްތަކާއި މިސްކިތްތަކާއި އޮފީސް ޖާގައާއި، އެނޫންވެސް ޒަރޫރީ ޚިދުމަތްތަކާއި ވަސީލަތްކަށް ޚާއްސަ ބިންތައް އެކި ނެއިބަރހޫޑުގައި ވަނީ ކަނޑައަޅާފައެވެ.
     ބިންތައް އެލޮކޭޓްކޮށްފައިވާ ގޮތް
    - ރެޒިޑެންޝަލް ބޭނުންތަކަށް: %29.84 - ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް: %10.41 - ކޮމާޝަލް ބޭނުންތަކަށް: %5.56 - މިކްސްޑް ރެސިޑެންޝަލް ކޮމާޝަލް ޒޯން: %1.44 - ގްރީން ސްޕޭސް، ސްޕޯޓްސް އެންޑް ރެކްރިއޭޝަން: %30.62 - އޮފީސް ޖާގައާއި އެހެނިހެން ބޭނުންތަކަށް: %3.64 - އިންޑަސްޓްރިއަލް މަސައްކަތްތަކަށް: %5.76 މީގެ އިތުރުން ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ޖުމްލަ 11 ކަނެކްޝަނަކުން ގުޅާލާ ފަސޭހައިން ދަތުރުފަތުރުކުރެވޭނެ ނިޒާމްތައް ޤާއިމުކޮށް، ބިންވެރިޔާ މަޝްރޫޢުގެ ޕްލޮޓްތަކަށް ބިންތައް ވަނީ ކަނޑައަޅާފައެވެ.
ހުޅުމާލެއަކީ މާސްޓަރ ޕްލޭނަކާއެކު ރާއްޖޭގައި މީހުން އާބާދުކުރަން ފެށުނު ފުރަތަމަ ޝަހަރެވެ. ހުޅުމާލޭ ފުރަތަމަ ފޭސް ހިއްކައި، އެތަނުގައި މީހުން އާބާދުވާން ފެށީ 2004 ވަނަ އަހަރުގައެވެ. އެފަހުން މިވީ 21 އަހަރުގެ ތެރޭގައި ހުޅުމާލޭގެ ލޭންޑް ސްކޭޕަށް މިވަނީ ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު