Monday, November 9
ބަނދަރެއް ނެތި ހުޅުމާލޭގައި އެހެން ވަސީލަތްތަކެއް ރަނގަޅަށް ނުހިނގާނެ: މައުރޫފް
ބަނދަރެއް ނެތި ހުޅުމާލޭގައި އެހެން ވަސީލަތްތަކެއް ރަނގަޅަކަށް ނުހިނގާނެ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ހުޅުމާލޭގެ މާސްޓަރ ޕްލޭނާއި ރަސްމީ ވެބްސައިޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުންނެވެ. ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށްފައިވާއިރު މީގެ ބޭނުންވެސް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވަނީ ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ މީގެ އެންމެ މުހިންމު އެއް ބޭނުމަކީ ހުޅުމާލޭގެ ބަނދަރުގެ ބޮޑުބައެއް ހިއްކައި ބަނދަރުގެ ޖާގަ އެންމެ ރަނގަޅަށް ނުހިފޭތީކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރިވައިޒްކުރި މާސްޓަރ ޕްލޭންއާއިއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް އެޗްޑީސީގެ އެމްޑީ ވިދާޅުވިއެވެ. "ހުޅުމަލޭގެ މާސްޓަރ ޕްލޭން ރިވައިޒްކުރަން ޖެހުނު އެއް ސަބަބަކީ ހުޅުމާލޭގެ ބަނދަރުގެ ބޮޑުބައެއް ހިއްކައި ބަނދަރުގެ ސްޕޭސް މިއޮތީ ވަރަށް ބޮޑަށް ކޮންޕްރޮމައިޒްވެފައި. ރަށެއްގެ ބަނދަރީ އެރަށަކަށް އެންމެ މުހިންމު އެއް ބައި. ބަނދަރެއް ނެތި އެހެން ވަސީލަތްތަކެއް ރަނގަޅަކަށް ނުހިނގާނެ''  މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވިއެވެ. މައުރޫފު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ރައީސް އިރުޝާދު ދެއްވިގޮތައް ބިންވެރިޔާ ގޯތިން އެންމެ ގޯއްޗެއްވެސް މަދުނުވާގޮތައް ބަނދަރުގެ ޖާގަ ބޮޑުކުރެވޭ ވަރަކަށް ބޮޑުކުރުމުގެ މަސައްކަތްކަމަށެވެ. މިހާރު ރިވައިޒްޑް މާސްޓަރ ޕްލޭންގެ މުޅި މަފްހޫމަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، މި މާސްޓަރ ޕްލޭން ފައިނަލް ކުރުމުގެ ކުރިން ސްޓޭކްހޯލްޑަރުންނާއި ޕަބްލިކް ކޮންސަލްޓޭޝަންއެއްގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ. އަދި އެއަށްފަހު މާސްޓަރ ޕްލޭން ފައިނަލްކޮށް ޑޮކިއުމަންޓް ކުރެވިގެންދާނެކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު