Monday, November 9
ހޯޕް އައިލެންޑް ތަރައްގީކުރަން ހަތަރު އިންވެސްޓަރަކު ކުރިމަތިލައިފި: ހޯމް މިނިސްޓަރ
ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިން ސަލާމަތްކުރުމަށް ހަދާ ހޯޕް އައިލެންޑް ތަރައްގީކުރަން ހަތަރު އިންވެސްޓަރަކު ކުރިމަތިލާފައިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ގޭންގު ކުށްތަކުގެ އަދަބު ހަރުކަށިކުރުމުގެ ބިލު ތަސްދީގުކުރެއްވުމަށް އިއްޔެ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ  މުއްދަތު ހަމަވި އިރު ހުށަހަޅާފައިވާ ހަތަރު ފަރާތަށް މިއަދުގެ  ނިޔަލަށް މައުލޫމާތު ދޭނެ ކަމަށެވެ.  އެއަށްފަހު މަޝްރޫއުގެ ފުރިހަމަ ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހަޅަން އިންވެސްޓަރުންނަށް އެއްމަސްދުވަހުގެ ފުރުސަތު ދޭނެ ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ. މަޝްރޫއު އިންވެސްޓަރަކަށް އެވޯޑު ކުރާނީ އެއްމަސް ދުވަހުގެ މުއްދަތަށް ފަހުގައެވެ. މި މަޝްރޫއަށް އިންވެސްޓަރަކު ހޯދުމަށް ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގެ 21ގައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހަމަވީ މި މެއި މަހުގެ 18 ވަނަ ދުވަހުއެވެ.

އިންވެސްޓަރުން ހޯދަން އިއުލާނުކުރީ އުތުރު ތިލަފަޅުގައި ހަދާ މަރުކަޒީ ޖަލާއި ހޯޕް އައިލެންޑް ތަރައްގީކުރާ ބަޔަކަށް ފުލުހުންގެ ޓްރެއިނިން ރަށް ދ. ވާނީއާއި ދެ ފަޅެއް ދޭ ގޮތަށެވެ.

ހޯޕް އައިލެންޑް ތަރައްގީކުރަނީ އުތުރު ތިލަފަޅުގެ 15 ހެކްޓަރު ހިއްކައިގެންނެވެ.

"ހޯޕް އައިލެންޑް" މަޝްރޫއުގެ މަސައްކަތް ނިމި ފުރިހަމައަށް ޚިދުމަތް ދެވެން ފެށުމުން ކުޑަކުންދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ދައުލަތުން ބަލަހައްޓަން ޖެހޭ ކުދިންގެ އަދަދު މަދުވެގެން ދާނެކަމަށް ހޯމް މިނިސްޓަރ ޢަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު