މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފިއެވެ.
މުލީ ހޮސްލިޓަލުން މިކަން ފާހަގަކުރީ މިއީ މުޅި މ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ވަރަށް ވެސް އުފާވެރި ދުވަހެއްގެ ގޮތުގައެވެ.
މިއީ މިއަހަރުގެ ތެރޭގައި ޑައިލިސިސްގެ ޚިދުމަތް ފެށުނު 3 ވަނަ ރަށެވެ.
الحمد لله މިއަދަކީ މ.އަތޮޅުގެ އެންމެހާ ރައްޔަތުންނަށް ވަރަށްވެސް އުފާވެރިދުވަހެކެވެ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޑައިލެސިިސްގެ ޚިދުމަތް ފެށިގެންދިޔަ ދުވަހެވެ. ބޮޑު ޚަރަދުކޮށް އަތޮޅުން ބޭރަށްގޮސް ޑައިލެސިސްގެ ހިދުމަތް ހޯދަން ޖެހުން ނިމުމަކަށް އަައީއެވެ. Ministry of Health Naalaafushee Health Centre Meem Kolhufushi Health Center - KHC M.Maduvvaree Health Centre Dhiggaru Health Centre M.Veyvashu Health center Posted by Mulee Regional Hospital on Sunday, May 25, 2025
މިއަހަރު ގެ ފެބުރުއަރީ މަހު، ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައަލިސިސްގެ ޚދިުމަތް ވަނީ ފަށާފައެވެ. އަދި އޭޕްރީލް މަހު ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި ވަނީ މި ޚިދުމަތް ފަށާފައެވެ.
ސަރުކަރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމެވެ.
އަދި މިއީ ބޮޑު ޚަރަދުކޮށްގެން އަތޮޅުން ޞޭރަށްގޮސް ޑައިލިސްިސްގެ ޚިދުމަތް ހޯދަން ޖެހުން ނިމުމަކަށް އައުން ކަމަށް މުލީ ރީޖަނަލް ހޮސްޕިޓަލުން ހޮސްޕިޓަލުން ބުންޏެވެ.
ޑައިލިސިސްގެ ޚިދުމަތް މިހަރު ނުލިބެނީ އއ ، އދ، ވ، ފ، އަދި ދ އަތޮޅުގައެވެ.






