Saturday, October 31
މައްކާ ރޫޓް އިނިޝިއޭޓިވް: ސައުދީގެ މަތީފަންތީގެ ބޮޑު ވަފުދެއް މިއަދު ރާއްޖެއަށް

ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާޙުކުރުމުގެ ތާރީޚީ ޖަލްސާއަށް ސައޫދީ އަރަބިއްޔާއިން ވަޑައިގަންނަވާ ވަފުދުތައް މިއަދު އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ސޯޝަލް މިޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައޫދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާ އިމިގެންރޭޝަން އިން މަތީފެންވަރުގެ 42 ބޭފުޅަކު ވަޑައިގަންނަވާނެކަމަށެވެ.

ވަފުދުގެ އިސްކޮށް ވަޑައިގަންވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާއެވެ. އެމަނިކުފާނަކީ ވަޒީރުފެންވަރުގެ ބޭފުޅެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާޙުކުރުމުގެ ތާރީޚީ ޖަލްސާއަށް ސައޫދީ އަރަބިއްޔާއިން...

Posted by Mohamed Shaheem Ali Saeed on Thursday, May 22, 2025

ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާޙުކުރުމުގެ ތާރީޚީ ޖަލްސާ އޮންނާނީ މި މަހުގެ 26 ވާ ހޯމަ ދުވަހުއެވެ. މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙުކޮށް ދެއްވާނީ ރާއްޖޭގެ އިއްޒައްތެރި ރައީސުލްމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ''ދެކަނބަލުން ކަމަށް ވެސް މިނިސްޓަރިދާޅުވިއެވެ.

ރަސްގެފާނު ސަލްމާންގެ ޚާއްޞަ އިރުޝާދުގެ ދަށުން މައްކާ ރޫޓްގައި ރާއްޖެ ހިމެނުއްވީ މިކަމުގައި ޤައުމުތަކަށް ކަންޑައަޅާފައި އޮންނަ ހުރިހައި ޝަރުޠަކުން ރާއްޖެ އިސްތިސްތިސްނާކޮށް ޚާއްޞަ ކަން ދެވިގެން''މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ވިދާޅުވިއެވެ.

'"މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީ އިމިގްރޭޝަންގައި ޖިއްދާގައި އެއާޕޯޓްގައި އެރައިވަލްގައި ޕާސްޕޯޓް ސެޓޭމްޕް ޖަހަންށާއި ލަގެޖް ނަގަން މަޑުކުރާކަން ނުޖެހޭނެ. މަތިންދާ ބޯޓުން ފައިބާ ގޮތައް ހޮޓަލަށް ދެވޭނެ. ލަގެޖް ވެސް ލިބޭނީ ހޮޓަލަށް. އަދި ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާރޕޯޓްގައި އިސްތިޤުބާލުކުރާނެ. މިއީ ޖިއްދާ އެއާޕޯޓްގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ތާރީޚީ ފަސޭހަކަމެއް"'މައްކާ ރޫޓް އިނީޝިއޭޓިވް އާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ހައްޖަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކޮށް ފަސޭހަކުރުމަކީ ރައީސް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވަމުން ގެންދަވާ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު