Saturday, October 31
ރިސޯޓެއް ތަރައްގީކުރުމަށް ބީއެމްއެލް އިސްލާމިކް ފައިނޭންސިންގ ހަމަޖައްސައިފި

ބީއެމްއެލް އިސްލާމިކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީކުރުމަށް،  ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިންގ ހަމަޖައްސައިފިއެވެ.

118 ކޮޓަރީގެ ފައިވް ސްޓަރ އެރިސޯޓަކީ ރާއްޖޭގެ މަތީ ފަންތީގެ ކުންފުންޏެއް ކަމަށްވާ އެލިއާ ގްރޫޕާއި،  އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޖޮއިންޓް ވެންޗަރ، ސެންޓޯރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކުރާ ރިސޯޓެކެވެ.

އެޓްމޯސްފިއަރ އިން މިހާރުވެސް ރާއްޖޭގައި 9 ރިސޯޓް ހިންގަމުންދެއެވެ.

ބޭންކުން ބުނީ މިއީ ބީއެމްއެލް އިސްލާމިކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިންގެ ދަށުން ދޫކުރި އެންމެ ފުރަތަމަ ލޯނުކަމަށެވެ.

"މިއީ ބީއެމްއެލް އިސްލާމިކްގެ ދަށުން ފައިނޭންސްކުރެވޭ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓް އެކަންޏެއް ނޫން. މިއީ ރާއްޖޭގައި ޝަރީޢާ ހަމަތަކާ އެއްގޮތަށް މުޅިން ފައިނޭންސްކުރެވޭ ފުރަތަމަ އިސްލާމިކް ރިސޯޓް ފައިނޭންސިންގް ވެސްމެ. އަދި މިއީ ކޯޕަރޭޓް ސެކްޓަރގައި އިސްލާމިކް ފައިނޭންސިންގ އިންސްޓްރޫމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް." ބޭންކުން ބުންޏެވެ.

މި ފެސިލިޓީއާއެކު ރާއްޖޭގެ މާލީ ދާއިރާގައި ބޭންކް އޮފް މޯލްޑިވްސްއިން އަދާކުރަމުންދާ ދައުރު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު