Saturday, October 31
ދިވެހި ހައްޖުވެރިން މި މަހު 26 ގައި ފުރަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި

މިއަހަރު ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު މި މަހުގެ 26 ވަނަ ދުވަހު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރު ރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިން ހަތަރު ފްލައިޓެއްގައި ސަޢުދީ ޢަރަބިއްޔާއަށް ދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މި އިންތިޒާމުތައް މިހާރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ފްލައިޓުތައް ފުރުމަށް ހަމަޖެހިފައިވަނީ އަންނަނިވި ގޮތަށެވެ:

  • - މެއި 26 ގައި 235 ހައްޖުވެރިން
  • - މެއި 27 ގައި 257 ހައްޖުވެރިން
  • - މެއި 29 ގައި 250 ހައްޖުވެރިން
  • - މެއި 30 ގައި 250 ހައްޖުވެރިން

މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވަނީ، މެ މެއި 27 އަދި 29 ގައި ޙައްޖުވެރިން ދަތުރުކުރާނީ ޤައުމީ އެއާލައިން މޯލްޑިވިއަންގައި ކަމަށެވެ. މިއީ އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ޤައުމީ އެއާލައިނުގައި ޙައްޖަށް ދާ އަހަރު ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު ސަޢުދީ ސަރުކާރުން ދެއްވާފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މި އިނީޝިއޭޓިވްގެ ކަންކަން ތަންފީޒުކުރެއްވުމަށް ސައުދީގެ އިސް ވަފުދެއް ވެސް ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މި ވަފުދާ ބައްދަލުކުރައްވައި، މައްކާ ރޫޓު އިނީޝިއޭޓިވްގެ ކަންކަން ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުގެ ކަމާއި ގުޅޭ ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވުމުން ދިވެހި ޙައްޖުވެރިންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި އިނީޝިއޭޓިވް ރާއްޖޭގައި ރަސްމީކޮށް ފަށާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު