Saturday, October 31
ޙައްޖު މިޝަންގެ މެމްބަރުން ސައުދީ އަރަބިއާ އަށް ފުރާވަޑައިގެންފި
މޯލްޑިވްސް ހައްޖު މިޝަންގެ މެމްބަރުން މިއަދު ސައުދީ އަރަބިއާ އަށް ފުރައިފިއެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިއަހަރު ރާއްޖެއިން ހައްޖަށް ފުރާ މީހުން ފުރަން ފަށާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެގޮތުން ހައްޖުވެރިން މިމަހު 26 އިން ފެށިގެން 30 އާއި ހަމައަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. 1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ފުރާވަޑައިގެންފިއެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަންއިންނެވެ. ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެއެވެ. ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި ވުޒާރާގެ ޙައްޖު ސެކްޝަންގެ ބޭފުޅުންނާއި، ޙައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން އަދި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާއާއިގެ ބޭފުޅެއް މިޝަންގައި ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މައްކާ ރޫޓް އިނީޝިއޭޓިވްގައި، މި އަހަރު ރާއްޖެ ހިމަނަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ވަނީ ނިންމާފައެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވެގެންދާނެއެވެ. ވަނީ މިއަހަރު ހައްޖަށް ދާ ހައްޖުވެރިންގެ ޑެބިޓް ކާޑަށް 1750 ރުފިޔާ އިތުރު ކުރުމަށް ރައީސް ނިންމެވުމުން ބޭންކުން ވަނީ އެކަން މިހާރު ހަމަޖައްސާފައެވެ. ރާއްޖެއަށް މިހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. އޭގެ ތެރެއިން 50 ކޯޓާ ދީފައިވަނީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވާ ފަންސާސް މީހުންނަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު