Saturday, October 31
ފަޅުރަށްތައް ވަރުވާއަށް ދިނުމުގެ ކަންކަމަށް ބަދަލުތައް ގެންނަނީ

ފަޅުރަށްތައް ވަރުވާ އަށް ދިނުމަށް ކުރިން ހެދިފައިވާ ޕޮލިސީތައް މުރާޖަޢާ ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުމުން ވަރަށް އަވަހަށް އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގައި މިނިސްޓަރ ވިދާޅުވީ މިހާރު ރަށްރަށް ވަރުވާއަށް ދިނުމަށް ހެދިފައިވާ އުސޫލުތައް އަލުން ދިރާސާކޮށް ގެންނަންޖެހޭ އިސްލާހްތައް ގެނެސް ރަނގަޅު ކުރުމުގެ މަސައްކަތް މިނިސްޓަރ ވަރަށްގާތުން ބައްލަވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބައެއް ރަށްރަށަށް ގޮސް ފެނުނީ ފަޅުރަށްތަކުގައި ހުރި ރުށްތައްވެސް ކަނޑާ ރަށަށް ގެއްލުންދީފައިވާ މަންޒަރުކަމަށެވެ.

'"ރުކުން ކުރުނބާ ބިނުމަށްޓަކައި އެރުކަށް ނޭރޭތީވެ ކަނޑާލުމަކީ ހައްލެއް ނޫންކަމަށް. އެހެން. މިހަކަލަ ވަރަށް އަނިޔާވެރި ކަންތައްތައް އެބަހުރި ކުރެވިފައި އިނގެތޯ ރަށްރަށަށް. ރަށްރަށަކީ ވެސް ހަމަ ދިރޭ އެއްޗެއް ނޫންތޯ ހަގީގަތުގައި.ދިރެމުންދާ ރަށްރަށް އެއީ.ދެން ހަމަ ހިމާޔަތް ( ރަށްރަށް ) ކުރަންޖެހޭ އަޅުގަނޑުމެން"' މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވަރުވާއަށް ހަދާނެ ގޮތަކާއި މެދު ވަރަށް އަވަހަށް އިއުލާން ކުރެވޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު