Saturday, October 31
ކާޅާއި ވާލާއެކީ އުޅެން އަޅުގަނޑުމެން ހަގީގަތުގައި ދަސްކުރަންޖެހޭ: މާރިޔާ

ކާޅާއި ވާލާ މަރަން ބޭނުންނުވާ ކަމަށާއި އެ ތަކެއްޗާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މިއަދު ތަކުރާރު ކުރައްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު،  އަހްމަދު ދީދީ ވަނީ އަހާ ފޯރަމްގައި މިނިސްޓަރ، ކާޅާއި ވާލާ އެކު އުޅެން ދަސްކުރަން ޖެހޭކަމަށް ވިދާޅުވި ވިދާޅުވެފައިވާތީ އާއްޑޫ ގައި އުޅޭ ދޮންދީނި އަށް އޮތްކާޅުގެ އުނދަގުލާއި ދޮންދޫނި ހިމާޔަތް ކުރުމާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
މިނިސްޓަރ އެ ސުވާލަށް ޖަވާބު ދެއްވަމުން ވަނީ އަހާ ފޯރަމްގައި އެމަނިކުފާނު ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. ''އަޅުގަނޑު އަހާޕްރޮގްރާމުގައި ދެންނެވި ފަދައިން ކާޅާ ވާލައި އެކީ އުޅެން އަޅުގަނޑުމެން ހަގީގަތުގައި ދަސްކުރަންޖެހޭ އިނގޭތޯ، އަޅުގަނޑު ހަމަ ތަކުރާރުކޮށް އެވާހަކަ ދަންވަލާން ބޭނުންވޭ" މިނިސްޓަރ މަރިޔާ މާރިޔާ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކާޅާ ވާލު އުޅޭތަން ނުވަތަ ހެބިޓެޓެ އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ހަލާކުކުރެވިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ގޭގައި ހައްދާފައި ހުންނަ ގހުގެ މޭވާތައް އެތަކެތި ކަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއީ ދިރޭތަކެތީގެ މާހައުލު ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އެތަކެތި އެޅޭނެ ތަނެއް ހޯދަނީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ތިމާވެއްތާއި ބެހޭ މިނިސްޓްރީ، އީޕީއޭ އަދި އެކަމާއި ގުޅޭ ބޭރުގެ އެކްސްޕާރޓުންވެސް ލަފާ ދެއްވަނީ ވާލާ ކާޅާއި އެކު އުޅުމަށް ކަމަށެވެ. ނަމަވެސް މިނިސްޓަރ ވިދާޅުވީ އައްޑޫ ސިޓީގައި އުޅޭ ދޮންދީނި ހިމާޔަތް ކުރަން ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެނަވަޔަރަމަންޓް މިނިސްޓްރީ އާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އާއި އެކު މިކަމާިއ ގުޅޭ މަޝަވަރާކުރުމަށް ފަހު މެނޭޖްމަންޓް ޕްލޭނެއް ހަދާ ވަރަށް އަވަސް ފުރުޞަތެއްގައި މިކަމަށް ހައްލެއް ހޯއްދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން ބޭނުންވަނީ ދޫނި ސޫފާ ސޫފި މަރާ ނައްތާލައިގެން ކަންކަން ހައްލުކުރަން ނޫންކަމަށެވެ. އެތަކެއްޗާއި އެކު އުޅޭ އަތަކެއްޗަށް އުޅެންދަސްކޮށް ދީގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރުވެސް ރާއްޖޭގައި ވަރަށް ގިނަ ދިރޭ އެކި ސޫފާ ސޫފި ނެތިގެން ގޮސްފައިވާ ކަމަށާއި އެކަމަށް އޮތް ހައްލަކީ ގިނައިން ގަސްއިންދުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު