Saturday, October 31
ބުޅަލަކަށް އަހަރަކު 5416 ރުފިޔާ ޚަރަދުވޭ: މިނިސްޓަރ މާރިޔާ
ބުޅާ ގެންގުޅެން ހަދާފައިވާ ''އޮޅުހިޔާ" ގައި ދެހާސް ބުޅާ ގެންގުޅޭ ބުޅަލަކަށް އަހަރަކު 5416 ރުފިޔާ ޚަރަދުވާ ކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ  ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އިތުރު ދާއިރާގެ މެމްބަރ މުހައްމަދު އިބްރާހީމް ( ކުޑޫ ) ވަނީ މިނިސްޓަރާއި ބުޅާ ފެސިލިޓީ ގެ ބުލާތަކަށް ކުރެވޭ ޚަރަދުގެ ތަފްޞީލާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.އެކަމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ، ކޮންމެ ބުޅަކަށް ދުވާލަކަށް 368 ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އަދި ފެސިލިޓީގައި ފުލްކެޕޭސިޓީގައި ދެހާސް ބުޅަލަށް މަހަކު 7 ލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށެވެ. ކޮންމެ ތިން މަހަކުން ބުޅާ ފެސިލިޓީ އަށް 3.4 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އެއީ އަހަރަކު 10.8 މިލިއަން ރުފިޔާއެވެ. މިނިސްޓަރ ވިދާޅުވީ "އޮޅު ހިޔާ" ފެސިލިޓީ ހިންގުމަށްޓަކައި ނޮން ރިކަރަންޓް ޚަރަދުގެ ގޮތުގައި މަދުވެގެން 1.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށެވެ. ބުޅާ ފެސިލިޓީގައި މިވަގުތު 30 ބުޅާ ގެންގުޅެއެވެ. މިނިސްޓަރ ވަނީ ބުޅާ ފެސިލިޓީގައި ހުރި ގޮންޖެހުންތަކާއި އެކަމަށް ޤާނޫނީ ގޮތުން ބޭނުންވާ އެހީތެރިކަމަށް މަޖިލީހުގެ މެމްބަރުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ސަބަބު - 2025-05-14T10:39:25

    ކަންކަން ޕްލޭނެއް ނެތި ފަށާ ކޮންމެ ބަޔަކަށް ދިމާވާނެ ގޮތް ތިޔަ ފެންނަނީ. ބޮޑެތި ޚަރަދުތަކެއް ކޮށްފައި ދެން ތިޔަ ތަން ވެސް އުވާލާ.