Saturday, October 31
އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުދިން ނުވަންނަ ދުވަހެއް: މެޑަމް ސާޖިދާ
އެންމެ ދެކެން ބޭނުންފުޅުވާ ދުވަހަކީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުދިން ނުވަންނަ ދުވަހެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މި މަހުގެ 10 އިން 12އަށް ކުރިއަށްގެންދާ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ގެ ތެރެއިން "ކުޑަކުދިންގެ ޢަދުލުގެ ނިޒާމް، ބެލެނިވެރިންނާއި މުދައްރިސުންގެ އުންމީދުތައް" ނަމުގައި މިއަދު ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވީ ބެލެނިވެރިއެއްގެ ހައިސިއްޔަތުންނެވެ. މެޑަމް ވިދާޅުވީ މިކަން ކުރެވޭނީ މުއައްސަސާތަކުގެ މެދުގައި އޮނަންނަ ގުޅުން އިތުރަށް ހަރުދަނާކުރެވިގެންކަމުގައި އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން ކުށްކުރެވޭ ކުއްޖާއަށް ވަގުތުން ފިޔަވަޅު އެޅުމުގެ ބަދަޅުގައި، "ޑައިވާރޝަން ޕްރޮގުރާމް" ފަދަ ޕްރޮގުރާމްތައް ތައާރަފުކޮށް، ކުއްޖާއަށް ދެވަނަ ފުރުސަތުގެ މަގުފަހި ކޮށްދިނުމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ. މި ޕެނަލްޑިސްކަޝަންގައި ވާހަކަފުޅުދައްކަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޢަދުލު އިންސާފުގެ ނިޒާމަށް ބެލެނިވެރިން އަހުލުވެރި ކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެކަމަނާ ވަނީ ޢަދުލު އިންސާފުގެ ނިޒާމުގެ މައުލޫމާތު ބެލެނިވެރިންނަށް ލިބުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ކުށުގެ މާހައުލުން ކުއްޖާ ރައްކާތެރިކުރުމަށް ބެލެނިވެރިޔާގެ ޒިންމާ ރަނގަޅު ގޮތުގައި އަދާކުރުމަށް ބާރުއަޅުއްވާފައެވެ. މީގެއިތުރުން ކުށުގެ ވެށިން ކުއްޖާ ރައްކާތެރިކުރުމަށް ބެލެނިވެރިޔާއާއި، ކުއްޖާއާއި ދެމެދުގައި އޮންނަ ގުޅުމަކީ އިތުބާރުކުރެވޭ ރަނގަޅު ގުޅުމެއްކަން ކަށަވަރު ކޮށްދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި ޕެނަލް ޑިސްކަޝަންގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި، މުޙިއްޔުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާޒިމާ ޢަލީ މަނިކް އަދި ހުރަވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ފަސާނާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު