Saturday, October 31
ހައްޖުވެރިންގެ ޑެބިޓު ކާޑު ލިމިޓަށް 1،750 ޑޮލަރު އިތުރުކޮށްދެނީ
މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް ގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ. މިދޔަ ރަމަޟާން މަހުވެސް އުމުރާ އަށް ދިޔަ ފާރާތްތަކަށް ވަނީ ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، އިތުރު 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައިދެއްވާފައެވެ. ރައީސް ގެ އެދިވަޑައިގަތުމަށް ބީއެމްއެލްއިންވަނީ އުމްރާވެރިން ބޭނުންކުރަމުންދިޔަ އެ ބޭންކުގެ ޑެބިޓު ކާޑުތަކުގެ ޑޮލަރު ލިމިޓު އިތުރުކޮށްދީފައެވެ. އަދި ފަސޭހައިން ޑޮލަރު ނެގޭނެ އިންތިޒާމް އުމުރާވެރިންނަށް ވަނީ ހަމަޖައްސާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު