Saturday, October 31
މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ސާފުކުރަން ފަށައިފި: އިންކުއަރީ ކޮމިޝަން
މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ސާފުކުރަން ފަށައިފިކަމަށް އިންކުއަރީ ކޮމިޝަން މިއަދު ހާމަކޮށްފިއެވެ. އެ ކޮމިޝަނުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެންބަރުން މިއަދާހަމައަށް، މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން މައްސަލައާ ގުޅުންހުރި ފަރާތްތަކުން މަޢުލޫމާތު ސާފުކުރަން ފަށައިފިކަމަށެވެ. މީގެ ކުރިން ކޮމިޝަނުން ވަނީ އެކޮމިޝަނަށް އެއްވެސް މައުލޫމާތެއް ފޯރުކޮށްދޭން ބޭނުންވާނަމަ އެ މައުލޫމާތެއް ޕޯޓަލް އެއް މެދުވެރިކޮށް ފޮނުވުމުގެ ފުރޞަތު ހުޅުވާލާފައެވެ.

މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025ގައި ރައީސްގެ ގަރާރަކުންނެވެ.

މި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  • ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  • ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  • ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  • ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  • އާމިނަތު އީނާސް، ހ. ހަބަރުގެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު