އޭޕްރީލް މަހުގެ ކަރަންޓު ބިލުތައް ކުޑަވީ މި އަހަރުގެ ރޯދަމަސް ކަމަށްވާ މާރިޗު މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވާ ގޮތަށް އޭޕްރީލް މަހު ވެސް ޑިސްކައުންޓު ދިނުމުން ކަމަށް ފެނަކައިން މިއަދު ބުނެފިއެވެ.
މާރިޗު މަހާއި އޭޕްރިލް މަހުގެ ކަރަންޓު ބިލަށް އެއްވަރަކަށް ފައިސާ ދައްކަން ޖެހުމުން، ބައެއް މީހުން ވަނީ ދެ ބިލަށް ވީގޮތާ ގުޅޭ ގޮތުން ސުވާލު އުފައްދައިފައެވެ.
އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފެނަކައިން ބުނީ، މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އޭޕްރީލް މަހުގެ ކަރަންޓު ބިލަށް ވެސް ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ.
އެގޮތަށް ޑިސްކައުންޓު ދިނީ އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ބޮޑުވާ މަހަކަށްވާތީ ކަމަށް ފެނަކައިން ބުންޏެވެ. އެއީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހު ވެސް ދިނުމަށްޓަކައި ކަމަށް ފެނަކައިން ބުންޏެވެ.
ނޫސް ބަޔާން: އެޕްރީލްމަހުގެ ބިލްތަކަށް ދީފައިވާ ޑިސްކައުންޓާ ގުޅޭ pic.twitter.com/CNkSmn3pi1
— Fenaka Corporation Ltd (@TeamFenaka) May 11, 2025
މާރިޗު މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވަނިކޮށް، ޖެހިގެން އައި މަހުގެ ކަރަންޓު ބިލު ވެސް އެ ބިލާ އެއްވަަރުވީ، އޭޕްރިލް މަހަށް ވެސް ޑިސްކައުންޓު ދިނުމުން ކަމަށް ސްޓެލްކޯއިން ވެސް ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން