Saturday, October 31
ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި

މަލޭގެ ގެއެއްގެ ފެންލައިޓަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި، ބައިވެރިވުމެއް އޮވެދާނެކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

މިދިޔަ މަހުގެ 18 ގައި ހ. ފެންޓެނޯއީގެއިން އެ އިމާރާތާއި ޖެހިގެން ހުރި، ހ. މިޓާޒްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުތައް ފަށައި ރައުދު ހައްޔަރު ކުރީ އޭޕްރިލް 24 ގައެވެ.

އެންމެ ފަހުން ރައުދުގެ ބަންދަށް 10 ދުވަސް ޖެހުމަށް ފަހު މިއަދަށް މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން، 05 ދުވަސް ވަނީ އިތުރުކޮށްދީފަ އެވެ. އަދި މިއީ ރައުދުގެ ބަންދުގެ މުއްދަތު ޖެހި ތިންވަނަ ފަހަރެވެ.

ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް އޮތްކަމަށް ނުބެލެވޭކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވާގޮތުގައި، އެރޭ ދެ މީހުންގެ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވެއެވެ. އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ ހިއްސާއެއް ވެދާނެކަމަށް ތުހުމަތުކޮށްފައިވާއިރު، މައްސަލައިގެ އައިއޯއާއި ހަވާލާދީ ކޯޓު އަމުރުގައި ވަނީ ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވެ ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭކަމަށާއި "ވެއްޓުނީކަމަށް ބެލެވޭކަމަށް" ބުނެފަ އެވެ.

މި މައްސަލައިގައި އޭރޭ އެ ދެ މީހުންނާއި އެކު އުޅުނުކަމަށް ފުލުހުން ބުނާ 8 މީހެއްގެ ޕާސްޕޯޓާއި ފޯނު ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓާފަ އެވެ. އަދި އެ އެންމެންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު