Monday, November 2
ތ އަތޮޅުން ފެށިގެން އައްޑުއަށް ވާރޭވެހި ވައިގަދަ
ތ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ބޯކޮށް ވާރޭވެހި ވައިދަގަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފިއެވެ. މޯލްޑިވްސް މިޓިއިރލޮޖިކަލް ސަރވިސް އިން މައުލޫމާތު ދިން ގޮތުގައި މިއަދު މެނދުރު ދެގަޑި ފަނަރައިން ފެށިގެން މިރޭ ނުވައެއް ޖަހަންދެން ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެއެވެ. މީގެ އިތުރުން ވިލާގަނޑުގައި  ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެވެއެވެ. އެއިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވިއްސާރައާއި ގުޅިގެން މޫސުމާ ބެހޭ އިދާރާއިން ގެންދަނީ އެލަރޓްތައްވެސް ނެރެމުންނެވެ. އެއިދާރާއިން ވިދާޅުވީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. އަދި ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާ 6 ފޫޓާ ދެމެދުގައިކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު