Saturday, October 31
ފަސްޓްލޭޑީ އެދިވަޑައިގެންނެވި ނަމަވެސް އަޑުއެހުންތައް ލައިވް ނުކުރާ ގޮތަށް ކޯޓުން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާގެ ޝަރީއަތް ލައިވްކޮށް ދިނުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހެޅުއްވި ނަމަވެސް، އެކަން ނުކުރަން ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.

މި މައްސަލައިގައި ފަސްޓް ލޭޑީ ސާޖިދާ ވަނީ މަންދީގެ އިތުރުން އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް އަބުރުގެ ދައުވާ އުފުއްލަވާފައެވެ. މި ދައުވާ އުފުލިފައިވަނީ ވޭޕް މަނާކުރުމާ ގުޅިގެން ރައީސްގެ ބޭފުޅަކާ ގުޅުވައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް މި މައްސަލައިގެ އަޑުއެހުންތައް ލައިވް ނުކުރަން ނިންމެވި ސަބަބުގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވެފައި، ކުއްޖާގެ މުސްތަގުބަލަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެތީ ކަމަށެވެ.

މި މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލުން ވަނީ، މި ވާހަކަތަކުގެ ސަބަބުން އުމައިރު މުޙައްމަދު މުޢިއްޒުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެ، ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ބައިނަލްއަޤްވާމީ މުޢާހަދާއާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށްވެސް ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު