އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔާވެވަޑައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެވުނު މުއުތަސިމަކީ، އޭގެ ކުރިން 2010 އިން 2014 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ފެހި ގާނޫނުއަސާސީގެ ދަށުން އުއްތަމަ ފަނޑިޔާރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވި މި ދަނޑިވަޅަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެކެވެ. އަދި މީގެ އިތުރުން، އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފަނޑިޔާރު ސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒް ސަސްޕެންޑްކުރެވުނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް ދަނޑިވަޅެއްގައެވެ.
މި ލިޔުން ކިޔާލުމުން