Saturday, October 31
އޯއައިސީގެ ސެކެޓްރީ ޖެނެރަލް ރައީސް އާއި ބައްދަލުކުރައްވައިފި
އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލް ހިސެއިން ބްރާހިމް ތާހާ، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ އޯއައިސީން އާއި ރާއްޖެއާއި ދެމެދު އޮތް އެއްބާރުލުން ފާހަގަކުރައްވައި އެ ޖަމިއްޔާގެ އިސްވެރިނަނަށް ތައުރީފު ކުރައްވާފައެވެ. އެމަނިކުފާނު ވަނީ އޯއައިސީއާ ގާތުން މަސައްކަތް ކުރުމަށް ސަރުކާރުން ފުރިހަމަ ދެމިއޮތްކަން ކަށަވަރުކޮށްދެއްވާފައެވެ. ސެކްރެޓަރީ ޖެނެރަލް ހިސެއިން ބްރަހިމް ގެ ވާހަކަފުޅުގައި ރާއްޖެ އަކީ އޯއައިސީގެ އެންމެ ފާހަގަކޮށްލެވޭ އެއް މެމްބަރު ގައުމުގެ ގޮތުގައި ސިފަކުރައްވައި، ރާއްޖެއިން ހޯދާފައިވާ ކާމިޔާބީއަށް ތައުރީފުކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު