Saturday, October 31
ޓެކްސީ ލައިންގައި އެކި ސައިޒްތަކުގެ ޓެކްސީ، ކުދި މަގުތަކަށް ވަދެވޭނެ: އަމީން

ސަރުކާރުން ނިންމާފައިވަނީ  ޓެކްސީ ލައިންގައި އެކި ސައިޒްގެ ކާރުތައް ގެނެސް މާލޭގެ ހަނިމަގުތަކަށް ވަދޭވެނެ ގޮތަށް ހަދަން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އާއްމުކޮށް ޓެކްސީއޭ ބުނުމުން އެންމެނަށް ވެސް އެނގެނީ އެއް ސައިޒެއްގެ ކާރުތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ ސަރުކާރުގެ ޓެކްސީ ލައިންގައި ތަފާތު ސައިޒުތަކުގެ ކާރުތައް ހިމަނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"ސަރުކާރުން ނިންމަވައިގެން މި އުފައްދާ ޓެކްސީ ލައިންގައި ހުންނާނީ އެއް ސައިޒެއް ނޫން. އުޅޭނެ ދެތިން ހަތަރު ސައިޒެއް. އެއީ ވަރަށް ކުދިކުދި މާލޭގެ މަގުތަކަށް ވެސް ވަދެވޭގޮތަށް،" މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެއަރޕޯޓްތަކަށް ޚާއްޞަ ސައިޒްގެ ޓެކްސީވެސް ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މާލޭގައި ޓެކްސީ ރަޖިސްޓްރީއަށް ބަލާއިރު ޓެކްސީ މަދު ނޫން ކަމަށާއި ، ޓެކްސީ ނުލިބުމުގެ މައްސަލަ ދިމާވަނީ ޓެކްސީ ޑްރައިވަރުންގެ އެ ޑިސިޕްލިން ނެތުމުން ކަމަށެވެ. އެހެން ކަމުން ސަރުކާރުގެ  ޓެކްސީ ލައިނާއި އެކު ޓޭކްސީ ނުލިބުމުގެ މަސައްލަ ހައްލުވާނެ ކަމަށް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު