Saturday, October 31
ވިއްސާރައާ ގުޅިގެން ކުލަސްޓަރތަކުން މުޅި ރާއްޖެ މޮނިޓަރކުރަން ފަށައިފި
ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ޚާއްޞަ އިސްކަމެއްދީ މުޅި ރާއްޖެ މޮނިޓަރކުރުމުގެ މަސައްކަތް ކުލަސްޓަރތަކަކަށް ބަހާލައިގެން، މޮނިޓަރ ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް އިން ފަށައިފިއެވެ. ދެ މޫސުމެއް ތަޖުރިބާކުރަމުންދާ ދިވެހިރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ އާންމުކޮށް އެންމެ ބޮޑަށް ކުރަމުން އަންނަނީ ކެތި ލައިގަތީންސުރެ މާނަކަތުގެ ނިޔަލަށެވެ. އެއީ މީލަދީ ތާރީޚުން ބަލައި ނަމަ، މޭ މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރައްވާ ގޮތުގައި މިހާރު ކުރަމުން މިދާ ވިއްސާރާގައި މުޅި ރާއްޖެއަށް މި ދެތިން ދުވަހު ބޯކޮށް ވާރޭވެހޭނެއެވެ. ކުލަސްޓަރ 3ގައި ހިމެނޭ ރަށްތަކަށް ގުޅައި ވިއްސާރާގައި ލިބޭ ގެއްލުން ބަލަމުންދާކަމަށާއި، މިހާތަނަށް އައިއިރު ރައްޔިތުންގެ ކަންބޮޑުވުމެއް ނެތްކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މިހާރު ކުރަމުން މިދާ ވިއްސާރައާ ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ކުލަސްޓަރ ނިޒާމުގެ ތެރޭން ކުލަސްޓަރ އެގްޒެކްޓިވްންނާއި، ކޯޑިނޭޓަރުން އެކި ސިޓީތަކަށާއި، ރަށްތަކަށް ގުޅުއްވާ ވިއްސާރާގައި ރައްޔިތުންނަށް ލިބެމުންދާ ދަތިތައް ދަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ފ އަތޮޅާއި ހަމައަށް މިއަދު ހަވީރު ފަހެއް ޖެހުމާއި ހަމައަށް ބޯކޮށް ވާރޭވެހިި ގުގުރާ އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން މުސުން ގޯސްވުމާއި އެކު ދަތުރުކުރެއްވުމުގައި މުސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށް ފުލުހުންވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު