Monday, November 2
ވިއްސާރަވެ 6 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި
ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ. ރީނދޫ ސަމާލު ނެރުނީ ހެނދުނު6:30 އިން ފެށިގެން މިއަދު މެންދުރު11:30 އާއި ހަމައަށެވެ. މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ވިދާޅުވީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަ ވިލާތައް އަރަމުންދާކަމަށެވެ. މީގެ އިތުރުން ގަޑިއަލު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކޮށް އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ވައިގަދަވާނެކަމަށް ލަފާކޮށްފައިވަނީ ގއ އިން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ. ރާއްޖޭގެ އެކި ހިސާބުތަކަަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން ބައެއް ހިސާބުތަކުގައި އާންމު ވައި ގަދަވުމާއެކު، ކަނޑުތައް ގަދަވުމުގެ ފުރުޞަތުވެސް އޮތްކަން މެޓް އޮފީހުން ފާހަގަކުރެއެވެ. އެހެންކަމުން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުކަންދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު