Saturday, October 31
ޖަރުމަންވިލާތުގެ އައު ޗާންސެލަރަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ

ރުމަންވިލާތުގެ އައު ޗާންސެލަރކަމަށް އިންތިޚާބު ވެވަޑައިގެންނެވި ފްރީޑްރިކް މާޒްއަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަރުހަބާ ވިދާޅުވެފައިވަނީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއިން ޖަރުމަންވިލާތާއެކު އޮންނަ ގާތް އެކުވެރި ގުޅުން ބަލައިގަންނަ ކަމަށެވެ. އަދި އެ ޤައުމާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ޤައުމު ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް އައު ޗާންސެލަރުގެ ދައުރުގައި ފުރުސަތު ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޖަރުމަންވިލާތުގެ އައު ޗާންސެލަރކަމަށް ފްރީޑްރިކް މާޒް އިންތިޚާބުވެފައިވަނީ އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގައި ދެ ބުރަށް ވޯޓުލައިގެންނެވެ. ފުރަތަމަ ބުރުގައި އޭނާއަށް މަޤާމަށް އިންތިޚާބުވުމަށް ބޭނުންވާ އަދަދަށް ވޯޓު ހަމަނުވިއެވެ. ނަމަވެސް ދެވަނަ ބުރުގައި އޭނާ ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.

ޖަރުމަންވިލާތުގެ ޗާންސެލަރުަރުކަމަށް އިންތިޚާބު ވުމަށް، މަޖިލީހުގެ 630 ވޯޓުގެ ތެރެއިން 316 ވޯޓު ކާމިޔާބުކުރަން ޖެހެއެވެ. ފުރަތަމަ ބުރުގައި ފްރީޑްރިކް މާޒްއަށް ލިބުނީ 310 ވޯޓެވެ. އެހެންނަމަވެސް ދެވަނަ ބުރުގައި އޭނާއާއި އޭނާގެ ކޯލިޝަނުން ވަނީ 328 ގޮނޑި ކާމިޔާބުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު