Saturday, October 31
ފުވައްމުލަކު ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި 3 ކޭސް ސިނގިރޭޓް ވަގަށް ނަގައިފި

ފުވައްމުލަކު ސިޓީގެ މާލެގަން އަވަށުގައި ހުންނަ ޔޫރޯ ސްޓޯރުގެ ބިއްލޫރިގަނޑު ތަޅާލައި ތިން ކޭސް ސިނގިރޭޓް ވަގަށް ނަގައިފިއެވެ. މި ވައްކަން ކޮށްފަައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ 6:40 ހާއިރުގައެވެ.

ފުލުހުންގެ ބަހުން، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ވަގަށް ނަގާފައިވަނީ މަލްބަރޯ ބްރޭންޑްގެ ސިނގިރޭޓް ތިން ކޭސް ކަމަށެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަޙްޤީޤު ފަށާފައެވެ.

ފުލުހުންގެ ފަރާތުން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް، މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު