Saturday, October 31
ނ އަތޮޅުން ވ އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ: މެޓް
އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރައިގައި ނ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް ހުދުސަމާލު ނެރެފިއެވެ. މުސުމާއި ބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދިން ގޮތުގައި މިއަދު ހެނދުނު 8 ން ފެށިގެން މެންދުރު ދެއްޖެހުމާއި ހަމައަށް މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުންވެސް އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވެއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ސަބަބު އޮންލައިންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހު މުޅީ ރާއްޖެއަށް މޫސުން ގޮސްވާނެކަމަށް. " އަޅުގަނޑުމެން ލަފާކުރަނީ މުޅިރައްޖެއަށް މޫސުންގޯސްވާނެކަމަށް. ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ވައިދަގަވާނެ ކަމަށް ލަފާކުރެވޭ" މޫސުމާއި ބެހޭ އިދާރާގެ ފޯކަސްޓަކު ވިދާޅުވިއެވެ. އެ ިއދާރާއިން ބުނީ އިއްޔެ ހެނދުނު 8 ން ފެށިގެން މިއަދު ހެނދު 8 އާއި ހަމަައަށް ގއ އަތޮޅަށް ވަރަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ.އެގޮތުން އެންމެ ބޯކޮށް ވާރޭވެހިފައިވާ ކަމަށް އެއް ރަށެއްގައި ރެކޯޑް ކުރެވިފައިވަނީ 57 މިމިމީޓަރުގެ ވާރޭ ކަމަށް މުސުމާއި ބެހޭ އިދާރާއިން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު