މައިމީހާއާއި އަލަަށް އުފަން ކުދިންނަށް ދެވޭ ފަރުވާގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ ފޫޅުމައިންކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް މިހެން ވިދާޅުވީ ދުނިޔޭގެ ފޫޅުމައިންގެ ދުވަސް ފާހަގަކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ ފޫޅުމައިންނަކީ ވަރަށް ބޮޑު ޒިންމާއެއް އުފުލާ ބައެއް ކަމަށާއި، މައިންނަށާއި އަލަށް އުފަންވާ ކުދިންނަށް ދެވޭ ފަރުވާގެ އެންމެ މުހިންމު އެއް ތަނބުކަމަށެވެ.
ކުއްޖަކު އުފަންކުރުމުގެ އުފާވެރި އަދި ނާޒުކު މަރުހަލާގައި ވިހެއުމުގެ ރައްކާތެރިކަން ކަށަވަރުކޮށް މައިންނަށް އެހީތެރިވެދީ، އަލަށް އުފަންވާ ކުދިންނަށް ބޭނުންވާ ފަރުވާދޭ ބަތޮލުންނަކީ ފޫޅުމައިންކަން ޢަބްދުއްރައްޒާގު ޙަލީމް ފާހަގަކުރެއްވިއެވެ.
މިއަދު ދުނިޔޭގެ ފޫޅުމައިންގެ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޑޮކިއުމެންޓްރީއެއް ވަނީ ލޯންޗްކޮށްފައެވެ.
މިއަދު ލޯންޗްކުރެވުނު ޑޮކިއުމެންޓްރީގައި ވަނީ ކުއްލި އަދި އިމަރޖެންސީ ހާލަތްތަކުގައި ފޫޅުމައިން ކޮށްދެއްވާފައިވާ މަސައްކަތް އަދި ރައްޖޭގެ އެކި ސަރަހައްދުތަކުގައި ފޫޅުމައިން ކޮށްދެއްވާފައިވާ ތަޖުތިބާ ހިއްސާ ކުރައްވާފައެވެ.މި ރަސްމިއްޔާތުގައި ސީނިއަރ މެނޭޖްމަންޓުންވަނީ ވަނީ ރައްކާތެރިކަމާއެކު ވިހެއުން ކަށަވަރުކޮށް، މައިންނާއި އަލަށް އުފަންވާ ކުދިންގެ ކަންކަން ރަނގަޅު ކުރުމަށް މިޑްވައިފުން ކުރާ މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ.
ފޫޅިމަެިންގެ ދުވަސް ފާހަގަކުރުމަށް މިއަދު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން