Saturday, October 31
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރު ޤާއިމްކުރުމުގެ މަޝްރޫއަށް ޤާސިމްގެ ތައުރީފް
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު (އެމްއައިއެފްސީ) ޤާއިމްކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ ވަރަށް އުންމިދީ މަޝްރޫޢުއެއްކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ތަޢުރީފްކުރައްވައިފިއެވެ. ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު، ގާއިމްކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ރޭ ވަނީ ސޮއިކޮށްފައެވެ. މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު ޤާއިމްކުރުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލުމަށް އެޅިގެން ދިޔަ މުހިންމު އަދި  ބޭނުންތެރި ފިޔަވަޅެއްކަމަށެވެ. މިއީ ދުނިޔޭގެ މާލީ ދާއިރާގެ ހަބަކަށް ރާއްޖެ ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ޤާސިމް ވަނީ ސިފަކުރައްވާފައެވެ. ޤާސިމް ވިދާޅުވީ ތަފާތު އީޖާދުތަކާއި އަދި ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށާއި ޒުވާނުންނަށް ފަހިކޮށްދިނުމަށް މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރުގެ ބޭނުންތެރިކަން މުހިންމުކަމަށެވެ. މިއީ ރާއްޖެއަށް މާލީ އަދި އިޤްތިޞާދީ ދާއިރާއިންވެސް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ޤާސިމް އިބްރާހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މި މަސައްކަތައް ހުރިހައި ސިޔާސީ ލީޑަރުންވެސް އެއްބާރުލުން ދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު