Saturday, October 31
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދެ ދަރަޖަ ކުރިއަށް ޖެހިލައިފި

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދެ ދެރަޖަ ކުރިއަށް ޖެހިލައިފި އެވެ.

މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ނެރޭ ވޯލްޑް ފްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މި އަހަރު އޮތީ 52.46 ޕޮއިންޓާ އެކު 104 ވަނައިގަ އެވެ.

މިދިޔަ އަހަރު ރާއްޖެ ލައްވާލީ އެ ލިސްޓުން 106 ވަނައިގަ އެވެ. އެއީ 52.46 ޕޮއިންޓާއެކުގަ އެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު ދެ ދަރަޖައިގެ ކުރިއެރުމެއް ލިބުނަސް ސްކޯ އަކަށް މާ ބޮޑު ފަރަގެއް ނާދެ އެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް އަދިވެސް ރާއްޖެ އޮތީ ނޫސްވެރިކަން ކުރުމުގައި އުނދަގޫ ގައުމުތަކުގެ ތެރޭގަ އެވެ.

ނޫސްވެރީންނަށް މިނިވަންކަން ދިނުމާއި ވީހާވެސް ހާމަކަން ބޮޑު ގޮތެެއްގައި މައުލޫމާތު ފެތުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް އަބަދުވެސް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގެ އިންޑެކްސްގައި ރާއްޖެ ދަނީ 2023 އިން ފެށިގެން ފަހަތަށް ޖެހެމުންނެވެ. ނޫސްވެރިކަން ކުރުމުގައި އުނދަގޫ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރީ ޖެނުއަރީ 2023 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެއްކާ ބެހޭ ގާނޫނަށް ބަދަލު ގެނައުމުގެ ސަބަބުންނެވެ. ހެއްކާ ބެހޭ ގާނޫނަށް އޭރު ބަދަލު ގެނައީ ނޫސްވެރިންގެ ލިޔުންތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު