Saturday, October 31
ޒުވާނުން އެމީހުންގެ ޙައްޤުތަކަށް މުޒާހަރާ ކުރުމަކީ ހިތްވަރު ލިބޭ ކަމެއް: ނަޝީދު
ޒުވާނުންގެ އެމީހުންގެ ޙައްޤުތަކުގެ ދިފާޢުގައި ނިކުމެ މުޒާހަރާކުރާތަން ފެނުމަކީ ހިތްވަރު ލިބޭ ކަމެއް ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމީހުންގެ ހިތްވަރާއި އަޒުމަކީ އެކްޓިވިޒަމްގެ ބާރުގެ ހެއްކެއް ކަމަށެވެ. މީގެ އިތުރުން، ޙައްޤުތަކަށްޓަކައި ތެދުވުމަކީ އަގުހުރި ކަމެއްކަމާއި، އެކަމަށް ހިތްވަރުދޭ ސަގާފަތެއް ބިނާކުރެވިފައި އޮތުމަކީ ތަސައްލީ ލިބޭ ކަމެއް ކަމުގައި ޤަބޫލުފުޅު ކުރައްވާ ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ޒުވާނުން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ހިފަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން ކަމަށްވާ ޢާއިޝަތު ޝިމަން އަޙްމަދާއި ޢަބްދުﷲ މަޙްޒޫމް މާޖިދު ވަގުތުން ވަގުތަށް މިނިވަން ކުރުމަށްވެސް ގޮވާލައްވައިފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޝިމަން އަދި މަޙްޒޫމްވެސް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު