Saturday, October 31
ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަނީ

ރާއްޖޭގެ އެންމެ ގިނަ ވިޔަފާރީގެ ހަރަކާތްތައް ހިންގާ އެއް ރަށް ކަމަށްވާ ކ. ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީއިން އިއުލާނުކޮށްފި އެވެ.

ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އިން ބުނީ ހުޅުމާލޭން 669.30 އަކަފޫޓުގެ އޭރިއާއެއްގައި ކްލިނިކެއް ހަދައިދޭން ޝައުގުވެރިކަން ހުންނަ ފަރާތްތަކުން މި މަހުގެ ހަތަރު ވަނަ ދުވަހު މައުލޫމާތު ސާފު ކުރުމަށްފަހު 22 ވަނަ ދުވަހު ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މުސްތަގުބަލުގައި ވިޔަފާރީގެ ގިނަ ވަސީލަތްތަކެއް ގާއިމް ކުރެވިގެންދާނެ ތިލަފުށީގައި ތަރައްގީ ކުރަން ފުރުސަތު ހުޅުވާލާފައިވާ ކްލިނިކުން އާއްމު ބަލިތަކުގެ ފަރުވާއާއި ބައެއް ޓެސްޓްތައް ހެދުން އަދި ކުއްލިއަކަށް ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައި އެ ފަރުވާ ދެވޭނެ ވަސީލަތްވެސް ހުންނަން ޖެހެ އެވެ. ބައެއް ވެކްސިންތައް ޖެހުން ފަދަ ކަންކަންވެސް އެތަނުގައި ކުރެވޭނެ ވަސީލަތް ހުންނަން ލާޒިމްކޮށްފައިވެ އެވެ. މިތަނުގައި މި ފަރުވާތަކަށް އެކަށީގެންވާ ޑޮކްޓަރެއްވެސް ހުންނަން ލާޒިމްކޮށްފައިވެ އެވެ. އެޗްޑީސީއިން މި ކްލިކު ދޫކުރަނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު