Thursday, November 5
ޢިސްރާއީލުގައި އަލިފާން ރޯވެ އަނދަނީ ؛ ބައިނަލްއަގްވާމީ އެހީއަށް އެދިއްޖެ

އިސްރާއީލުގެ ގުދުސް އާއި ޓެލް އަވީވް އާ ދެމެދު ރޯވި ބޮޑު އަލިފާން ގަނޑު ކޮންޓްރޯލް ނުކުރެވިގެން ބައިނަލް އަގްވާމީ އެހީއަށް އެގައުމުން އެދެން ފަށައިފިއެވެ.

މޫސުން ގޯސްވެ، ވައިގަދަވުމާއެކު ރޯވި މި އަލިފާން ކޮންޓްރޯލް ކުރުމަށް އިސްރާއީލުގެ ފަޔަރ ސަރވިސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.ނަމަވެސް މި މަސައްކަތަށް މިހާތަނަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވެއެވެ.

އަލިފާނުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ ސަލާމަތްތެރި ތަންތަނަށް ބަދަލުކުރަން ޖެހިފައެވެ. އަދި މި ސަރަހައްދުގައި އޮންނަ މުހިއްމު ހައިވޭއެއް ވެސް ވަނީ ބަންދުކުރަން ޖެހިފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތަށް އެހީތެރިކަން ހޯދުމަށް އިސްރާއީލުން ވަނީ ގިނަ ގައުމުތަކަކަށް އިލްތިމާސްކޮށްފައެވެ. މިގޮތުން ގްރީސް، އިޓަލީ، ކްރޮއޭޝިއާ އަދި ގްރީކް އެޑްމިނިސްޓްރޭޝަން އޮފް ސަދަން ސައިޕްރަސް އިން އަލިފާން ނިއްވާ މަތިންދާބޯޓުތަކުގެ އެހީތެރިކަން ހޯދުމަށް އެދިފައިވެއެވެ.

މޫސުމަށް އައިސްފައިވާ ބަދަލާއި ގުޅިގެން އިންތިހާއަށް ހޫނުގަދަވެ، ވައިގަދަވުމުގެ ސަބަބުން ރޯވި މި އަލިފާން އަދިވެސް ދަނީ ފެތުރެމުންނެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެށްޓަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި

ފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު