Saturday, October 31
ކޮމިޝަންގެ މަޢުލޫމާތު ރައްޔިތުންނަށް ދިނުމަށް ހާއްސަ ޕޯޓަލްއެއް ހަދަނީ

 ހ. މިޓާޒްގޭގެ ފުރާޅުމަތީ ހައްވާ ޔުމްނު ރަޝީދު ވެއްޓިފައޮ އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުުރުމަށް މިމަހުގެ 18 ވަނަ ދުވަހު އުފެއްދި ކޮމިޝަނުގެ މަސައްކަތްތައް ހިއްސާކޮށް ކޮމިޝަނާ މައުލޫމާތު ހިއްސާކުރުމަށް ޕޯޓަލް އެއް ތައާރަފު ކުރާނެ ކަމަށް ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

 އެ ކޮމިޝަނުން މިއަދު ބޭއްވި  ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ މިއީ ހައްސާސް މައްސަލައަކަށް ވާތީ، ދެ ފުށްފެންނަ ގޮތަކަށް އެކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މައުލޫމާތު ހިއްސާކުރާނެ ޕޯޓަލް އެއް ތައާރަފު ކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ސުވާލު ވެސް ކުރެވޭނެ ކަމަށާއި އެ ސުވާލުތަކަށް ކޮމިޝަނުން ޖަވާބު ދޭނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ފެންނަ ގޮތަށް ކުރިއަށް ގެންދާނީ. މިޒަމާނުގެ ޓެކްނޮލަޖީގައި އެކަން އެ ލެވެލް އަށް ކުރެވެން ޖެހޭނެ،" މުނައްވަރު ވިދާޅުވި އެވެ.

ނަމަވެސް މިއީ ޖިނާއީ މައްސަލައެއް ވެސް ހިމެނޭ މައްސަލައަކަށް ވާތީ ބައެއް މައުލޫމާތު ހާމަކުރެވޭނީ ތަހުގީގު ފުރިހަމަވުމުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

 މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނީ އާންމުންގެ "ސެންޓިމެންޓަށް" ބަލައިގެން ކަމަށާއި މިނިވަންކަމާ އެކު ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މިއަދުގެ ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މުނައްވަރު ވިދާޅުވީ ނުފޫޒުގައި ނުޖެހި މަސައްކަތް ކުރައްވާނެ ކަމަށާއި އޭނާ އަށް ނުފޫޒެއް އައިސްފި ނަމަ އެކަން ހާމަކޮށް ކޮމިޝަނުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު