Saturday, October 31
ކޮމިޝަނުގެ މަސައްކަތް ފުރިހަމަކަމާއި މިނިވަންކޮށް ގެންވާނެ ކަމުގެ ޔަޤީންކަން މުނައްވަރު ދެއްވައިފި

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަންގެ ކޮމިޝަނުގެ މަސައްކަތް ފުރިހަމަކަމާއި މިނިވަންކޮށް ގެންވާނެ ކަމުގެ ޔަޤީންކަން ޑރ. މުހައްމަދު މުނައްވަރު ދެއްވައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވަނީ ކޮމިޝަނުގެ މަސައްކަތް މީގެ ކުރީގެ ކޮމިޝަންތަކާއި ޚިލާފަށް މަސައްކަތް ނިންމާނެ ކަމުގެ ޔަޤީންކަންދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އެއްވެސް ނުފޫޒެއް ނެތި ކޮމިޝަނުގެ މަސައްކަތް ކުރާނެކަމަށެވެ.

ނޫސްވެރިން ވަނީ އެމަނިކުފާނަކީ ސިޔާސީ މީހެއް ކަމަށް ބުނެ ސުވާލު އުފައްދަވާފައެވެ. ނަމަވެސް މުނައްވަރު ވިދާޅުވީ އެމަނިކުފާނު ދަންނަ މީހުންނަށް ، އެމަނިކުފާނަކީ ނުފޫޒު ފޯރުވޭނެ މީހެއް ނޫންކަން އެންގިވަޑައިގަންވާނެ ކަމަށެވެ.

މުނައްވަރު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތް މާގިނަ ދުވަހެއް ނުވެ ނިންމާލައްވާނެކަމަށެވެ.

'"އަމާޒަކީ ވީހާވެސް އަވަހަށް އިނސްފަކާއި ހަމައަށް ކޮމިޝަނުގެ މަސައްކަތް ނިންމުން"' މުހައްމަދު މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ފުލުހުންނާއި ގުޅިގެން ތަހްޤީޤް ނުކުރި ނަމަވެސް ފުލުހުން މީހެއްގެ ބަޔާން ނަގާފައިވާނަމަ އިތުރު ބަޔާނެއް ނުނަގާނެ ކަމަށާއި އެހެން ނަމަވެސް ބަޔާން ނަގަންޖެހޭ މީހެއްގެ ބަޔާންނަގާފައި ނުވާނަމަ އެ ބަޔާނެއް ނަގާނެ ކަމަށެވެ.

ރައީސް އުފެއްދެވި ހާއްސަ ކޮމިޝަންގެ ފަސް މެމްބަރުން:

1- ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ

2- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން

3- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641

4- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ

5- އާމިނަތު އީނާސް، ހ. ހަބަރުގެ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މި ހުރިހާ މެމްބަރުން ބައިވެރިވަޑައިގެންނެވިއެވެ.

ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ، ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.

ރައީސްގެ ހާއްސަ ގަރާރުގައި އެ ކޮމިޝަނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު