Saturday, October 31
ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ބޭންކް ފަންޑް" އަށް ހުޅުވާލައިފިއެވެ.

މިއީ ޖަމުޢިއްޔާތައް ބާރުވެރިކުރުމަށާއި ޖަމުޢިއްޔާތަކުން ހިންގާ ދެމެހެއްޓެނެވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން އެ ބޭންކުން މިދިޔަ އަހަރު ތައާރަފްކުރި ފަންޑެކެވެ.

މި ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުރިވަރު އަދި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދޭނެއެވެ.

ބީއެމްއެލް އިން ބުނީ މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް bankfund@bml.com.mv އަށް ހުށަހެޅޭނެ ކަމަށާއި، ފަންޑަށް އެދި ހުށަހެޅުމުގެ ފަހު ތާރީހަކީ 29 މެއި 2025 ވަނަ ދުވަހުގެ ހަވީރު 4:00 ކަމަށެވެ.

މިފަންޑަށް އެދި ހުށަހެޅޭނީ ގައުމީ އެސޯސިއޭޝަންތައް ފިޔަވައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށް އެކަންޏެވެ.

މިފަންޑުގެ އިތުރުން ބީއެމްއެލް އިން ވަނީ 2019 އިން ފެށިގެން 5 އަހަރުގެ މުއްދަތަށް ހިންގި ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދިޔަ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު