Saturday, October 31
ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ސްކޭމްތައް ހިންގަނީ

ފަހަކަށް އައިސް ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ސްކޭމްތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.

މިގޮތުން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ބޭރުފައިސާ މާރުކުރުމަށް މުޢާމަލާތްކުރާ މެސެޖިންގ އެޕްތަކުގެ ގްރޫޕްތަކުގައި ސްކޭމަރުން ތިބޭނެތީ، މުޢާމަލާތްކުރާއިރު އެފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަ ލިބިފައިވާ ފަރާތެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ފާހަގަކުރެއެވެ.

ތިމާއަށް ގެއްލުމެއް ލިބުމުގެ ކުރިން ބޭރު ފައިސާ މާރުކުުރުމުގައި ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެންބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.

ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް އެދި ފުލުހުން ވަނީ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި، ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށްވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު